ރައްޔިތުން މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް ފާއިތުވި 10 އަހަރުގެ ތެރޭގައި 18.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމު ފަރާތަކުން ހޯދާފައިވާ އެ މައުލޫމާތުތަކުގައިވާ ގޮތުން މި އަދަދަކީ 2014ވަނަ އަހަރުން ފެށިގެން މިއަހަރުގެ މެއި މަހުގެ 28ވަނަ ދުވަހާއި ހަމައަށް ހިނގާފައިވާ ހަރަދުތަކެވެ.
ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 24،000 ރުފިޔާއެވެ. 2014ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާއި ހަމައަށް ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ހަރަދުވެފައި ވަނީ ގާތްގަނޑަކަށް 565،000 [ކޮންމެ އަހަރަކަށް] ރުފިޔާއެވެ.
އެހެންނަމަވެސް 2017ވަނަ އަހަރުން ފެށިގެން އެ އަދަދު ވަނީ އިތުރު ފަސް ލައްކައަށް އިތުރުވެފައެވެ. 2017ވަނަ އަހަރާއި 2018ވަނަ އަހަރު ހަރަދުވެފައި ވަނީ 1،056،000 [ކޮންމެ އަހަރަކަށް] ރުފިޔާއެވެ. 2019 އިން 2020އަށް 2،328،000 [ކޮންމެ އަހަރަކަށް] ރުފިޔާއެވެ.
މި މައުލޫމާތުގައިވާ 173 މެންބަރުންގެ ތެރޭގައި 2014 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ނިޔާވި ބައެއް މެންބަރުން ވެސް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ