ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތިން މެންބަރުން އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޝަނަށް އައްޔަން ކުރައްވާފައި ވަނީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ. ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އަދި، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ