ރައްޔިތުން މަޖިލީހުގެ މެންބަރުކަން އެއް ދައުރާއި ދެ ދައުރު ކުރައްވާފައިވާ ކުރީގެ މަޖިލިސް މެންބަރުންނަށް ފާއިތުވި 10 އަހަރުގެ ތެރޭގައި 35 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމު ފަރާތަކުން ހޯދާފައިވާ މައުލޫމާތުގައި ބުނެފައި ވަނީ އެ ފައިސާ އަކީ 2014ވަނަ އަހަރާއި 2024ވަނަ އަހަރާއި ދެމެދު ކުރީގެ މެންބަރުންނަށް އިނާޔަތުގެ ގޮތުގައި ދީފައިވާ ފައިސާ ކަމަށެވެ.
އެގޮތުން 2014 އިން 2024އަށް އެއް ދައުރު މަޖިލިސް މެންބަރުކަން ކުރައްވާފައިވާ މެންބަރުންނަށް 17.59 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ މައުލޫމާތުގައިވެއެވެ.
އަދި 2014 އިން 2024އަށް ދެ ދައުރު މެންބަރުކަން ކުރައްވާފައިވާ މެންބަރުންނަށް 17.52 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި މުޅި ޖުމްލަ 35.11 މިލިއަން ރުފިޔާ ކުރީގެ މެންބަރުންގެ އިނާޔަތުގެ ގޮތުގައި ހަރަދު ކޮށްފައިވާ ކަމަށް އެ މައުލޫމާތުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ