ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކުރެއްވުމަށްފަހު އެ މަގާމަށް މިފްކޯގެ ސީއީއޯގެ މަގާމުން ވަކި ކުރެއްވި އަހްމަދު ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފިއެވެ.
މި ބަދަލު ސްޓެލްކޯއަށް ގެނެސްފައިވާކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިންނެވެ. އެ ބަދަލު ގެނެސްފައިވާ ސަބަބެއް ހާމައެއް ނުކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ޝަމާހު އަކީ މިފްކޯގައި ހުންނެވިއިރު ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ބޭފުޅެކެވެ. އެ ތުހުމަތުތަކާއި ގުޅިގެން އޭނާ ސަސްޕެންޑުވެސްކުރިއެވެ. އަދި ފަހުން މަގާމުން ވަކިކޮށް ފަހުން އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް އައްޔަން ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ