ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީނުވެ، ފިއްލަވައިގެން އުޅުއްވާތީ، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފިނޭންސް މިނިސްޓްރީއަށް ދިޔުމުން، ފުލުހުން ވަނީ އެތަނަށް ވަނުމަށް ހުރަސް އަޅާފައެވެ.
މިއަދު މެންދުރު 11 ޖަހަން އުޅެނިކޮށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލު ކުރުމަށް އެމްޑީޕީ މަޖިލިސް މެންބަރުންނާއެކު، އެ ޕާޓީގެ ގިނަ ސަޕޯޓަރުންތަކެއް ފިނޭންސް މިނިސްޓްރީ ކައިރި ސަރަހައްދަށް އެއްވިއެވެ. އެތަނަށް އެއްވި މީހުން ވަނީ ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެން އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެތަނަށް އެއްވި ފަރާތްތަކުން ވަނީ ދައުލަތުން ކުރަމުންދާ ހަރަދުތަކުގެ ތަފްސީލު ހާމަކޮށްދިނުމަށް ގޮވާލާފައެވެ. އަދި ބޭކާރު ހަރަދުތައް ހުއްޓާލައި، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އިސްކަންދިނުމަށްވެސް ގޮވާލާފައިވެއެވެ.
މި އަޑުއުފުލުންތަކަށްފަހު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ފިނޭންސް މިނިސްޓްރީއަށް ވަންނަން އުޅުމުން، ފުލުހުން ވަނީ ހުރަސް އަޅާފައެވެ. މަޖިލީހުގެ މެމްބަރުކަން އަންގައިދޭ ކާޑު ދެއްކުމުންވެސް އެ ބޭފުޅުންނަށް މިނިސްޓްރީއަށް ވަނުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް އެތަނަށް އެއްވި މީހުންގެ ފިއްތުންތަކާ ގުޅިގެން ފަހުން ވަނީ މެމްބަރުންނަށް ވަނުމުގެ ފުރުސަތު ދީފައެވެ.
ގަދަކަމުން ފުރުސަތު ހޯދައިގެން، ފިނޭންސް މިނިސްޓްރީއަށް ވަދެވުނު މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު، މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ