މާލޭގެ މަގުތަކުގައި ކުއްޔަށް ދޫކޮށްފައިވާ ޕާކިންތައް ކެންސަލްކޮށް އާއްމުންނަށް އެތަންތަނުގައި ޕާކު ކުރެވޭ ގޮތް ހެދުމަށް ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިރޭ "ހަތާވީސް" އަށް ވިދާޅުވީ، އެގޮތަށް ނިންމީ ސަރުކާރުން [ޓްރާންސްޕޯޓް މިނިސްޓްރީ] އަންގާފައި އޮތުމުން ކަމަށެވެ. ސަރުކާރުން އެގޮތަށް ނިންމީ ބަންޑާރަ ނާއިބުގެ ލަފާގެ މަތީން ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ ކުއްޔަށް ދީފައިވާ ޕާކިންތައް އާއްމުންނަށް މިމަހުގެ ފަހު ހަފްތާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި އެ ޕާކިންތަކަކީ ވަކި މީހަކަށް ހާއްސަ ޕާކިންތަކެއް ނޫންކަން އަންގާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުއްޔަށް ދޫކޮށްފައިވާ ޕާކިންތައް ހާހުން މަތިވާނެ ކަމަށެވެ. އޭގެތެރޭގައި ޓެކްސީ އާއި އަމިއްލަ ފަރާތްތަކުގެ ކާރު ހިމެނެއެވެ. ޓެކްސީތަކަށް ކުއްޔަށް ދީފައި ވަނީ 750 ރުފިޔާ އަށެވެ. އަދި އަމިއްލަ ފަރާތްތަކަށް ދީފައި ވަނީ 1500 ރުފިޔާއަށެވެ.
"މާލޭގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ވެސް އެބަ މަސައްކަތްތަކެއް ކުރަން. ކައުންސިލްގެ ވިސްނުންހުރީ ޕާކިން ބިލްޑިންތަކެއް ހެދުމަށް. އެކަމަށް މަސައްކަތްތަކެއް އެބަ ކުރެވޭ،" އާޒިމް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހަތަރުފުރޮޅުލީ އުޅަނދުތަކަކީ މާލޭގެ ކޮންމެވެސް ގަރާޖެއްގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ކަމަށާއި އެ އުޅަނދުތައް ޕާކުކޮށްފައި އޮންނަން ވާނީ އެ ގަރާޖުތަކުގައެވެ.
މާލެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގައެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި