އިޒްރޭލުން ގަތަރަށް މިއަދު ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެެރި ކުރައްވައިފިއެވެ.
އެމަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އެ ހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ. އިޒްރޭލުގެ އެފަދަ އަމަލުތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައިފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް މީގެކުރިން ވެސް ރައީސް މުއިއްޒު ވަނީ ކުށްވެރި ކުރައްވައިފައެވެ. އަދި ދިވެހި ދައުލަތުގެ ފަރާތުން ވެސް ބައިނަަލްއަގުވާމީ މައިދާނުގައި އަންނަނީ ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ