ގެދޮރުވެރިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް އެގްރީމަންޓުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 588 މީހަކު ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ފްލެޓު ލިބިފައިވާ މީހުންނާއެކު އެފްޑީސީން އެގްރީމަންޓުތަކުގައި ސޮއިކުރަން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. މިހާތަނަށް ގާތްގަނޑަކަށް 3،000 މީހުންނާއެކު އެގްރީމަންޓުތަކުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓެއް ދައްކަން ޖެހޭއިރު އެފައިސާ މިހާތަނަށް ދައްކާފައި ވަނީ 588 މީހެކެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ދޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށް ކަމަށާއި މި ސަރުކާރުން އިތުރު ދާއިމީ ލިސްޓެއް ނުނެރޭނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި