ހިޔާލު ހޯދުމުގެ ވޯޓަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރު މުއްދަތެއް ދީފައިވާތީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް (މީއްކޮ) ކަންބޮޑުވުންފާޅުކޮށްފިއެވެ.
މަޖިލިސް ޗުއްޓީފައި ވަނިކޮށް، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއެއްގައި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު" ޕީއެންސީގެ 64 މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. އެ ބިލަކީ ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާކުރި ބިލެކެވެ.
އެ ބިލު ފާސްކުރުމުގެ ކުރިން މީކާއިލް ވިދާޅުވީ އާންމުން ހޭލުންތެރިކުރުވުމަށް ބިލުގައި ދީފައި ވަނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
"މި ބިލާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ދެކޮޅު. އަޅުގަނޑު ކޮމިޓީ މަރުހަލާގައި ވެސް މި ބިލަށް ވޯޓު ދީފައެއް ނުވާނެ. މި ބިލު ފާސްވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބާއްވަން މި ލިބޭ ފުރުސަތު ވެސް އެކަށިގެންވާ ފުރުސަތަކަށް ވާންޖެހޭ،" މީކާއިލް ވިދާޅުވިއެވެ.
"އީސީން ކޮމިޓީއަށް ވަޑައިގެން، ކޮމިޓީ މަރުހަލާގައި ވިދާޅުވެފައިވޭ މިއީކީ އެކަށީގެންވާ މުައްދަތެއް ނޫނޭ. އެކަމަކު މައުލޫމާތު ކަރުދާސް އެކުލަވާލައި، ކެމްޕޭން ކުރުމަށް 21 ދުވަސް."
މީކާއިލް ވިދާޅުވީ ހިޔާލު ހޯދުމަށް ހުށަހަޅާ ގަރާރާ ގުޅިގެން އެކުލަވާލަންޖެހޭ މައުލޫމާތު ކަރުދާހުގެ ތަފްސީލު ބިލުގައި ނެތް ކަމަށެވެ. އެ ކަރުދާސް އެކުލަވާލުމގެ ބާރު ދީފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ތިއްބެވީ "ކަސްތޮޅު" އަޅުވާފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލައްވައި، އަނެއްކާވެސް ގޯސް ހައްދަވަން މަސައްކަތް ކުރާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ އެ ބިލަކީ ހިޔާލު ހޯދުމާ ގުޅޭ ބިލެއް ނޫން ކަމަށާއި އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަގަށް ނެގުމާ ގުޅޭ ބިލެއް ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި