ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކާފައިވާ ޓީ-ބިލުގެ ތެރެއިން މިމަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން ފަސްކޮށްދީފިއެވެ.
މިއަދުގެ ނިޔަލަށް ދައްކަންޖެހޭ ޓީބިލާއި ގުޅޭ ގޮތުން އިއްޔެ ފިނޭންސް މިނިސްޓްރީގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ހައި ކޮމިޝަނަރާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ މަޝްވަރާ ކުރެއްވިއެވެ.
މި ޓީބިލަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނެގި ޓީބިލެކެވެ.
މީގެތެރެއިން 50 މިލިއަން ޑޮލަރު ނޫނީ ދެން ހުރި 150 މިލިއަން ޑޮލަރަކީ ރާއްޖޭން އަނބުރާ ދައްކަން ޖެހޭ ފައިސާއެވެ.
މި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ސަރުކާރުން ވަނީ ދައްކައިފައެވެ. ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން ވަނީ އެއް އަހަރު ދުވަހަށް ފަސްކޮށްދީފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ