މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން މިރޭ މާލޭގައި ނޫސްވެެރިންގެ އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
މި އެއްވުމަކީ މީޑިއާތައް ރެގިއުލޭޓު ކުރުމަށް ކަމަށް ބުނެ، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ އަންގާރަ ދުވަހު ފާސްކޮށް، އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަށް އަމަލު ނުކުރުމުގެ ގޮތުން ބާއްވާ އެއްވުމެކެވެ.
އެއްވުން އޮންނާނީ މިރޭ މާލޭގެ އުސްފަސްގަނޑުގައި 20:30ގައެވެ.
މި އެއްވުމުގައި އެމްޖޭއޭގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ އެހެން ބައެއް ޔޫނިއަންތަކާއި ޖަމިއްޔާތަކުން ނޫސްވެރިންގެ އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ބައިވެރިވާނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
މި އެއްވުމުގެ އިތުރުން ވެސް އަލަށް އަމަލުކުރަން ފެށި ގާނޫނަށް އަމަލު ނުކުރުމަށް ވެސް އެމްޖޭއޭ އިން ވަނީ ނިންމައިފައެވެ. އެމްޖޭއޭ އިން އެގޮތަށް ނިންމީ ރޭ ބޭއްވި އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެެރިންގެ އިއްތިފާގުންނެވެ.
އެ ބައްދަލުވުމުގައި 40އަށް ނޫސްވެރިން ރާއްޖޭގެ އެކި އެކި މީޑިއާތަކުން ބައިވެރިވެފައިވެއެވެ.
މީޑިއާ ރެގިއުލޭޓް ގާނޫނުގައިވާ ގޮތުން، އާ ކޮމިޝަނަށް ދާއިމީ ބޭފުޅުން ކަނޑައެޅެންދެން ވަގުތީ ގޮތުން އެ ތަން ހިންގަވާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް ބޭފުޅުންނެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު ކޮމިޝަނުގައި ތިބޭ ހުރިހާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ހޮވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި