އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި އިދިކޮޅު އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާއާ ގުޅޭ ބެނާތައް، ހުއްދަ ނުނަގާ މަގުތަކުގައި ދަމާފައިވުމުން އެ ބެނާތައް މާލެ ސިޓީ ކައުންސިލުން ނަގައިފިއެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވާ އެ ބެނާތައް ނަގާފައި ވަނީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީއެންސީ ކައުންސިލަރުންގެ ތާއީދާއެކުގައެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ވަޓްސްއަޕް ގްރޫޕުގައި ޕީއެންސީ ކައުންސިލަރުން ވަނީ ހުއްދަ ނުނަގާ ދަމާފައިވާ ބެނާތަކަކަށް ވާތީ އެ ބެނާތައް ނެގުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރަސްމީ ދަތުރުފުޅެއްގައި މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހުންނެވީ ރާއްޖޭން ބޭރުގައެވެ. "ހަތާވީސް" އިން ގުޅާލުމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބެނާތައް ނެގިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ރަސްމީ ވަޓްސްއަޕް ގްރޫޕުގައި އެކަމަށަ ދެކޮޅު ހައްދަވާފައި ވާނެ ކަމަށާއި އެގޮތުން ގަވާއިދަށް ފައްތައިގެން ވެސް ބެނާތައް ބެހެއްޓުން ކިހިނެއްވާނެތޯ ކައުންސިލަރުންގެ ކިބައިން އައްސަވާފައި ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި