ކޮރަޕްޝަން ހުއްޓުވޭނީ މަގާމުތަކުގައި ތިބޭއިރު ގާނޫނު ތަންފީޒު ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިންވަނަ ދުވަހު ކުރިޔަށް ގެންދަން ނިންމާފައިވާ މުޒާހަރާ އަށް އިޝާރާތް ކުރައްވަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން ކަމަށެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް 15 އަހަރު ލިބި ކޮރަޕްޝަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުން މަގުމައްޗަށް ނެރިގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
އަދި މަގާމު ތަކުގައި އެބޭފުޅުން ތިއްބެވި އިރު ކޮރަޕްޝަން ހުއްޓުވުމަށް އެބޭފުޅުން ކުރެއްވީ ކޮންކަމެއްތޯވެސް ރައްޔިތުން މިއަދު ސުވާލު އުފައްދަނަް ޖެހޭ ކަމަށް އިހްސާން ވިދާޅުވިއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައި މިވަނީ ފެނަކަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ހިންގަމުން ދިޔަ ގޮތުގެ އޮޑިޓު ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބަޔާންކޮށް އާއްމުންގެ ފާޑު ކިޔުންތައް އެކަމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނާޖާއިޒު މަންފާތަކެއް ހޯދާއިދީފައިވާ މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ވަނީ ހަތަރު އަހަރަށް މިހާރު ޖަލަށްވެސް ލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ