ރާއްޖޭގެ އިގްތިސޯދު ކުރިޔަށް ދަނީ ރަނގަޅަށް ކަމަށާއި އެކަމުގައި ރައްޔިތުން ކަންބޮޑުވެ، ހާސްވާން ޖެހޭނެ ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ޕާޓީ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށާއި މިހާރުވެސް ރަށްރަށުގައި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
"ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ސަރުކާރުން މިދަނީ ކަންކަން ކޮށްދެމުން. ހުރިހާ ކަމެއް ވެސް މިކުރަނީ އަޅުގަނޑުމެންނަށް ވާރުތަވި ހަލާކުވެފައި އިނދަޖެހިފައި އޮތް ވަޅުޖެހިފައި އޮތް އިގްތިސޯދު ކޮޅަށް ޖަހަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައްކަން އޮތް ދަރަންޏެއް ވެއްޖިއްޔާ ދައްކަމުން އަންނަ ކަމަށާއި މިއަދު އިގްތިސޯދު ހަމައަކަށް އެޅިފައިވާ ކަމަށެވެ. އެކުވެރި ގައުމުތަކުން ލޯނުތަކަށް ވެސް ލުއިތައް ދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން 3،000 ފްލެޓުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓުގެ މަސައްކަތްތަކަކީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ކުރިޔަށް ގެންދަން ނިންމާފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް ފައްޓަވާ ހައުސިން ޔުނިޓުތަކެއް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ