ހުސްވެފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވިއިރު އެ ލިސްޓުގެ އެންމެ ކުރީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެއްވި މަހާޒުގެ ނަން ހިމެނިއްޖެއެވެ.
ޗުއްޓީއަށްފަހު މިއަދު ފެށި ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ލިސްޓު ވަނީ މަޖިލިސް ތަޅުމަށް އިއްވައިފައެވެ. އަދި އެ ލިސްޓުގައިވާ މެންބަރުންގެ ނަންތައް ދިރާސާ ކުރަން ޖުޑީޝަރީ ކޮމެޓީ އަށް ވަނީ ފޮނުފައިވައެވެ.
ލިސްޓުގައި ހިމެނޭ އެހެން ބޭފުޅުން:
- އާޝިޔާ އަޒީމާ - ރޯޒްވިލާ / ރ. ހުޅުދުއްފާރު
- އިބްރާހިމް އަފީފު - ގުލްބަހާރުގެ / ބ. ތުޅާދޫ
- ޝިފާޒް އަލީ - ދަފްތަރު ނަމްބަރު (12504)
- ފާތިމަތު ނައުޝާން - ފިޔާތޮށިގެ / ޅ. ނައިފަރު
- އަހުމަދު ޔާމީން - ބީޗްކޯނަރު / ގދ. ގައްދޫ
- ޝައުފާ އިބްރާހިމް - އަކިރިވިލާ / ދ. މީދޫ
މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރެއްވީ މިދިޔަ މޭ މަހުގެ 14ވަނަ ދުވަހުއެވެ. މަހާޒާއެކު އެ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަކިކުރެއްވިއެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމީ ޖޭއެސްސީން ބެލި އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވުމުންނެވެ.
ފަނޑިޔާރުކަމުން ވަކިކުރެއްވުމުން ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން، ބަންޑާރަނައިބު އަހުމަދު އުޝާމް ނުފޫޒު ފޯރުއްވި ވަރަށް ނުފޫޒު ފޯރުވާ ބަންޑާރަ ނައިބެއް ނުދެކޭ ކަމުގައި ކަމަށް ވިދާޅުވެ މަހާޒު ވަނީ ފާޑު ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ