ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 30ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ކުރި އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުވާފައިވާ ހަމައެކަނި ނަމަކީ ރަމީލާގެ ނަމެވެ.
ރަމީލާގެ ނަން ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް ކޮމެޓީ އަށް ވަނީ ފޮނުވައިފައެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގައި ވެސް މީގެކުރިން އިންނެވި ރަމީލާ އަކީ 1990ވަނަ އަހަރު ނަރުހެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ކަނބަލެކެވެ. ރައީސްގެ ކެބިނެޓުން އެކަމަނާ އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް