އިދިކޮޅު އެމްޑީޕީގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ކޯޓުގައި އެދިއްޖެއެވެ.
އެ މައްސަލަ އަކީ ކެމްޕެއިން ތެރޭގައި މޯލްޑިވިއަނުން ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ އޮތް 3.6 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވިއަން އިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ވަނީ އެފައިސާ މޯލްޑިވިއަން އަށް އެއްމަސް ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކޮށްފައެވެ.
އެހެންނަމަވެސް މިއަދާއި ހަމައަށް ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެއެވެ.
އެކުންފުނިން އެދިފައި ވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީ އަށް ދީފައިވާ ފައިސާގެ ތެރެއިން އެކުންފުންޏަށް ލިބެންވާ ފައިސާ ކޯޓު މެދުވެރިކޮށް ހޯދާ ދިނުމަށެވެ. އެ މައްސަލާގައި ކޯޓުން އެމްޑީޕީ އަށް ނޯޓިސް ފޮނުވާފައިވާ ކަމަށްވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ