އިދިކޮޅު އެމްޑީޕީން މިރޭ ބާއްވަން ނިންމާފައިވާ މުޒާހަރާ ކުޑަތަންވެފައި ވަނިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ މާލެ އޭރިއާގެ ކޮމާންޑަރު ބަދަލު ކޮށްފިއެވެ.
މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ކުރިން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުالله އެވެ.
ނަމަވެސް "ހަތާވީސް" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މަގާމުން އާސިމް ބަދަލުކޮށް މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުالله ޝަރީފު ވަނީ ހަމަޖައްސައިފައެވެ.
އެކަމަކު މި ބަދަލު ގެނައި ސީދާ ސަބަބެއް ނޭނގެއެވެ. މިކަމާއި ގުޅޭ ގޮތުން ފުލުންގެ މީޑިއާ އަށް ސުވާލު ކުރުމުން ޖަވާބެއް ނުދެއެވެ. އަދި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާންއާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވައެވެ.
މީގެކުރިން ވެސް ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓުތަކަކީ ދޭތެރެއަކުން ބަދަލުތައް ގެނެސްފައި އެބަހުއްޓެވެ.
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
ތި އާސިމް އަކީ ރަތްލާޖެހި އެމްޑީޕީ މީހެއް...އޭނާގެ ފެމެލީ ވެސް
ފާތުން