މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ކ. މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހް ހައްޔަރުކުރުމުން އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.
މާފުށި ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި އިއްޔެ ބުނެފައި ވަނީ މާފުށި ކައުންސިލްގެ ރައީސް ހައްޔަރު ކޮށްފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ތަރަހައިގެ ތެރެއިން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.
އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށްވާއިރު އަދި އެހައްގަކީ ނިގުޅައިގަނެވޭނެ ހައްގެއް ނޫން ކަމަށްވެސް އެ ކައުންސިލްގެ ބަޔާނުގައިވެއެވެ. އެހެންކަމުން އެ ކައުންސިލްގެ ރައީސް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށް އެ ބަޔާނުގައި މާފުށި ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލްގެ ރައީސް ބަންދުގައި ހުންނަވާ ކޮންމެ ދުވަހަކީ އެކައުންސިލުން މާފުށީގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތަށް ނުހަނު ގިނަ އަސަރު ކުރުވާނެ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މާފުށި ކައުންސިލްގެ ހަތަރު ކައުންސިލަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ވަނީ އެ ކައުންސިލްގެ ރައީސް ހަސަން ސަލާހް ފުލުހުންގެ ބަންދުން މިނިވަން ކުރުމަށް ގޮވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ