މަދުވެގެން ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް / ދަތުރު ދާނެ ރަށެއް ތަރައްގީ ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. މާމިގިލި ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ކުރައްވަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ދަތުރު ދާނެ ރަށެއް ތަރައްގީ ކުރުން ކަމަށެވެ.
ކެބިނެޓަށް ކަރުދަހާއެއް ތައްޔާރު ކުރަމުން މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އެބަ ގެންދޭ ކުރިއަށް. ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުށަހަޅާނެ. އޭގައި ކަނޑައަޅަނީ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތަށް ތަރައްގީ ކުރުމަށާއި އެކަން މެނޭޖް ކުރާނެ ގޮތާއި ގުޅޭގޮތުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެރަށަށް ހަފްތާއަކު އެއްފަހަރު ގެސްޓުން ގޮވައިގެން ވެސް ދެވޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.
ޕިކްނިކް އައިލެންޑުތައް ތަރައްގީ ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ރަށްތައް ކަނޑައަޅައި އެތަން ތަރައްގީ ކުރަން ކުންފުންޏަކާއި ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ