އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލް އޮފީހުން 133.4 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވަނީ އޮޑިޓު އޮފީހުގެ އަންނަ އަހަރުގެ ބަޖެޓާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އޮޑިޓު އޮފީހުން ހުށަހެޅި 133.4 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭހައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ހިނގާ ގޮތް ދެނެގަތުމަށް ކުރާ އޮޑިޓުތަކަށް 41.5 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
އެ ފައިސާ ނުހިމަނާ އޮޑިޓު އޮފީހުގެ ބަޖެޓުގެ ޖުމްލައަކީ 92 މިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
އޮޑިޓު އޮފީހުން ބުނީ އަންނަ އަހަރު ހާއްސަ 9 އޮޑިޓެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި މުޅި ދައުލަތުގެ ނަޒަރިއްޔާއިން ބަލާލާއިރު އިތުރު 8 އޮޑިޓެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ