މިމަހުގެ 3ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރި މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އެލްއާރްއޭޑީ އަކީ އެއް މީޓަރުގެ ދުރުމިނެއްގައި 160 ޑެސިބަލް (ޑީބީ) އާ ހަމައަށް ބާރުގަދަ ސައުންޑް ވޭވްސް އުފައްދާ ހައި-ޕަވަރ ސައުންޑް ސިސްޓަމެކެވެ.
އެ ސިސްޓަމް 140 ޑީބީއަށްވުރެ މައްޗަށް ބޭނުން ކޮށްފި ނަމަ މީހުންގެ ކަންފަތް ފަޅައިގެން ދިއުމާއި އަޑު އިވުމުގެ މައްސަލަތައް ދިމާވުމާއި ބޮލުގައި ރިހުން ފަދަ ސިއްހީ ކަންކަން މެދުވެރިވާނެއެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެ ސިސްޓަމް ބޭނުން ކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް އާޒިމް ނެރުއްވި ބަޔާނުގައި ވަނީ އޭގެ ސަބަބުން ގެއްލުން ލިބިދާނެ ކަމަށް ބެލެވޭތީ، ކްރައުޑް ކޮންޓްރޯލް ކުރުމަށް އެލްއާރްއޭޑީ ބޭނުންކުރުމަކީ ބައެއް ގިނަ ގައުމުތަކުގައި މަނާ ކަމެއްކަން ފާހަގަކުރައްވައިފައެވެ.
އެ ޑިވައިސް ބޭނުންކޮށްފައި ވަނީ ވަރަށް ކުޑަ ދުރުމިނެއްގައި ކަމަށް ވެސް އާޒިމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީހުން ދިރިއުޅޭ ސަރަހައްދެއްގައި އެ ޑިވައިސް ބެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ބައިވެރި ނުވާ އާންމު ރައްޔިތުންނާއި، ކުޑަކުދިންނާއި، މަގުމަތިން ހިނގާ މީހުންނަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަރ ސްޕްރޭ އާއި ބާރުގެ ބޭނުންކޮށްފައިވާ ކަމަށްވެސް އާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ ފުލުހުން އެލްއޭއާރްޑީ ބޭނުން ކޮށްފައިވާތީ މުޒާހަރާގައި ބައިވެރިވި އެކި ފަރާތްތަކުގެ ކަންފަތަށް އަސަރު ކޮށްފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އާޒިމްގެ ބަޔާނުގައިވެއެވެ.
ޑިމޮކްރަސީއެއްގައި ސުލްހަވެރިކަމާއެކު އެއްވެ ހިޔާލު ފާޅުކުރުމުގެ ހައްގު ހިމާޔަތް ކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ހައްގުތައް ބޭނުން ކުރާ މީހުންނާ ދެކޮޅަށް އަނިޔާވެރި ނުވަތަ ގެއްލުން ހުރި ގޮތްތައް ބޭނުން ކުރުމަކީ ޑިމޮކްރަސީގެ ބިންގާ ބަލިކަށި ކުރުވާ ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އިދިކޮޅު މުޒާހަރާގައި އެލްއާރްޑީ ފުލުހުން ބޭނުން ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (ހިއުމަން ރައިޓްސް ކޮމިޝަން) އިން ބަލައި ދިނުމަށް އާޒިމް ވަނީ ގޮވާލައްވައިފައެވެ.
އާޒިމް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރ ހައިސިއްޔަތުން، ރައްޔިތުންގެ ހައްގުތަކާއި، ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކޮށް، ރައްކާތެރިކޮށްދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ