ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އާއިޝަތު ޝިމަންގެ ފޯނު ހިފަހައްޓައިފިއެވެ.
ޝިމަންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ޝިމަންގެ ފޯނު ހިފަހައްޓާފައި ވަނީ، ރައީސް މުއިއްޒު އަވަހާރަ ކޮށްލަން ޖެހޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20ވަނަ ދުވަހު އެކްސްގައި ކޮށްފައިވާ ކޮމެންޓަކާއި ގުޅިގެންނެވެ.
ޝިމަން އަކީ މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގޭގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީފު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި މީގެކުރިން ވެސް ހައްޔަރުކުރި ޒުވާނެކެވެ.
އެ މައްސަލާގައި ޝިމަންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ވެސް ކޮށްފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި