އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް އަމީރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކޮށްފިއެވެ.
އަމީރު އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ ސީދާ ކޮން ސަބަބުތަކަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.
ނަމަވެސް އޭނާ ވަނީ އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވުމުން އެކަމަށް އެކްސްގައި ފާޑު ވިދާޅުވެފައެވެ.
އެގޮތުން އަމީރު ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުގެ 5 އަހަރު ފިނޭންސް މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް ވިދާޅުވެފައެވެ.
ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
"ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،" އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭސީސީގެ ރައީސް އާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާ ކަމަށެވެ.
އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި