ކީރިތި ގުރުއާން ކިޔެވުމަކީ ފަހުރެއް ކަމުގައި ދެކުމަކީ ބޭނުންވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުރުއާން ކިޔެވުމަކީ ފަހުރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސްކޫލްތަކުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
"ހެޔޮގޮތުގައި ކުރިއަށްދިޔުމަށް ވާދަވެރިކަން އުފެއްދުމަކީ، ދީނުގައި އޮންނަ ގޮތް. ތަގުވާވެރިކަމުގެ ގޮތުން ނޫނީވިއްޔާ ތަފާތުވުމެއް ނެތް އިންސާނުންގެ މެދުގައެއް. ދީނުގެ މަގުގައި ކުރިއަށްދިޔުމުގައި ނޫނީވިއްޔާ، ވާދަކުރުމެއް ހަގީގަތުގައި އޮވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަގުސަދު ހާސިލުކުރުމުގައި އެންމެންވެސް އެއް ވިސްނުމެއްގައި މުޅި ގައުމު އެކަތިގަނޑަކަށްވެގެން ކުރިއަށްދާން ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
"އާދެ، މި ގައުމުގައި އެންމެ އިސްކަންދޭންޖެހޭނީ އަޅުގަނޑު ހަމަ ދެންމެ ދެންނެވިފަދައިން، ކީރިތި ގުރްއާން ކިޔެވުމަށް. އެންމެ މަތިވެރި އިނާމު ލިބެންޖެހޭނީ ކީރިތި ގުރްއާން ރީތިކޮށް ކިޔެވުމަށް. ކިޔަވައިގެން ލިބޭ ވަނައަށް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަލާހާއި ކާމިޔާބާއި ކުރިއެރުމާ، ހުރިހާ ކަމެއްވެސް ދެ ދުނިޔޭގައިވެސް ލިބެންއޮތީ، ކީރިތި ގުރްއާނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށްގޮސްގެންކަން ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ