އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
ފައްޔާޒު އޭސީސީއަށް ހާޒިރު ކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީގެ ކުންފުނި ސްވިފްޓު އިންޖިނިއަރިން އަށް ބަދަލު ދިން ގޮތުންނެވެ.
ފައްޔާޒަށް އޭސީސީން ފޮނުވި އަމުރުގައި 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ބަޔާން ކޮށްފައިވެއެވެ.
އަދި މެންބަރު ސައުދުގެ ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއްދީ، މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ފައްޔާޒަށް ފޮނުވި އަމުރުގައިވެއެވެ.
އޭސީސީން ނިކުމެވަޑައިގެން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭސީސީން ކުރާ ތަހުގީގަކީ އެއްވެސް ތާކުންތާކު ނުޖެހޭ ތަހުގީގެއް ކަމަށެވެ. އަދި އެ ތަހުގީގުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ހުރިހާ ރައްޔިތުން ވެސް އަންނަ މަހުގެ 17ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ބޮޑު މުޒާހަރާގައި ބައިވެރިވާން މާލެ އައުމަށް ގޮވާލައިފައެވެ.
ފައްޔާޒު އޭސީސީ އަށް ހާޒިރު ކުރުމުން އެމްޑީޕީގެ ސަޕޯޓަރުންނާއި ބައެއް އިސްވެެރިން ވަނީ އޭސީސީ ހިންގާ އިމާރާތް ދޮށަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ