މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
މިކަން އިއުލާން ކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިންނެވެ. އެގައުމުން ބުނީ މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ރާއްޖޭން ހުއްޓުވާފައިވާ ކަމަށެވެ.
މިކާމިޔާބީއާ ގުޅިގެން މައިންނާއި ދަރިންގެ ސިއްހަތު ރަނގަޅު ކުރުމަށް ރާއްޖޭން ރަނގަޅަށް އިންވެސްޓު ކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭން ހޯދި ތާރީގީ ކާމިޔާބަކީ ޑަބްލިއުއެޗްއޯ އިން ބަލައިގެންފައިވާ ކާމީޔާބެއް ކަމަށެވެ.
މިއީ އާންމު ސިއްހަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއައާ އަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއީ ސަރުކާރާއި، ސިއްހީ ދާއިރާގެ ޕްރައިވެޓް ހިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ހިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ