ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ކަންކަން ނިމިގެންދާތަން ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ފޭދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފޭދޫ ސްކޫލު ތަރައްގީ ކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮންނަތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރެއްވީ ހެދިފައި އޮތް އެއްބަސްވުމުގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދެވުމަށް ކަމަށެވެ.
ނަމަވެސް އެ ދުވެލީގައި ކުރިއަށް ދިއުމަކީ ގަބޫލުފުޅުކުރައްވާ ގޮތް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި އެ މަސައްކަތް ފައްޓަވައި، ރަށުގައި ކުރަން ހުރި ހުރިހާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްގެންގޮސް، ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސަ ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ރަށުގެ ތަރައްގީއަށަ ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން ރައްޔިތުންގެ އެދުމާ އެއްގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީ ކުރުމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ގުޅިލާމެހިފައިވާ ގޮތެއްގައި، ކުރިއަށްގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ