ސަރުކާރަށް މުހިއްމީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިޔަށް ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފީވަކަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ކޮންމެ މަޝްރޫއުއެއްވެސް، ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ.
"ރައްޔިތުން އެދޭގޮތް އެއީ، އަޅުގަނޑުމެންނަށް އެންމެ މުހިންމު ގޮތަކީ. އެހެންވީމާ، އެގޮތަށް މި ދެންނެވިހެން، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ ދުވެލީގައި، އިތުރު ހަލުވިކަމެއް ގެނެސްދީ، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ވައުދުތައް ފުއްދައިދީ، އަދިވެސް، ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ފުއްދައިދިނުން، ހަމަޖައްސައިދިނުން އެއީ އެމަނިކުފާނުގެ ޒިންމާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މަސްއޫލިއްޔަތު. ސަރުކާރުން އެ މަސައްކަތް މި ގެންދަނީ އެގޮތުގައި ކުރިއަށް ގެންދަމުން،" ރައީސް ވިދާޅުވިއެވެ.
މި ދަތުރުގައި ވެސް ރައްޔިތުންނާ ބައްދަލުކުރަން އެމަނިކުފާނު ވަޑައިގަތީވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް، ރައްޔިތުންގެ ގާތުން އޮޅުންފިލުވައިގެން، ވީހާވެސް ރަނގަޅަކަށް އެ ކަންކަން ފުރިހަމަކޮށްދިނުމުގެ ނިޔަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ