ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
އެމްޕީއެލް އިން ބުނީ މިދިޔަ އާދީއްތަ ދުވަހު މި މައްސަލައާ ގުޅިގެން ފަސް މުވައްޒަފަކު އަދި މިއަދު އިތުރު މުވައްޒަފަކު ހަމަ މި މައްސަލައާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނީ މި މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް މުވައްޒަފަކާއި އިތުރު ހިމެނޭ ކަމަށެވެ.
މި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެއިތުރުން ހަމަ މި މައްސަލާގައި 12 މީހަކު ފުރުންވެސް މަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ބައެއް ތަންތަން ބަލާ ފާސްކޮށްފައިވެއެވެ. އަދި މިރޭވެސް މިކަމާއި ގުޅުންހުރި އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ