ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ތަހުގީގަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހިމެނޭ ހަތަރު މީހުންގެ ފޮޓޯ އާއި އެމީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިންވެސް ހިމެނެއެވެ. އެއީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސް ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އެވެ.
ދެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހުޅުމާލެ ޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއް މުއާޒު އަލީއެވެ.
މި މީހުންގެ ތެރެއިން ދިގަލީގެ ބަންދަށް 10 ދުވަސް އާއްޓޭގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. ޒިވާރުގެ ބަންދަށް ވެސް 15 ދުވަސް ޖެހިއިރު މުއާޒުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.
މި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެއިތުރުން ހަމަ މި މައްސަލާގައި 12 މީހަކު ފުރުންވެސް ވަނީ މަނާކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ