މާލޭގެ މަގެއްގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓުނު މައްސަލާގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ އެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖު އާއްމުކޮށްފައެވެ. އެ ވީޑިއޯ އިން އެއީ މާލޭގެ ސީދާ ކޮން މަގެއްކަން ސާފެއް ނޫނެވެ.
އެ ވީޑިއޯ އިން ފެންނަނީ މީހަކު ހިނގާފައި ދަނިކޮށް ޕާކު ކޮށްފައި ސައިކަލެއްގައި އަތް ޖައްސާލި ތަނުން އެ ސައިކަލާއި އަދި ޖެހިގެން ހުރި ސައިކަލުތަކެއް ވެއްޓޭ މަންޒަރެވެ. އެ ސައިކަލުތައް އޭނާ ގަސްތުގައި ވައްޓާލި ކަމަށް ނުބެލުނު ނަމަވެސް، އެ ސައިކަލުތައް ވެއްޓުމުން އެތަކެތި ނެގުމުގެ ބަދަލުގައި އެމީހާ އަޅާ ނުލާ ދިޔައީއެވެ.
ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅާ ހިއްސާކުރަން އެދޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ