ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ކުޑަވެސް ފަސްޖެހުމެއް ނާންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
ލ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އަބްދުއްރަހީމްގެ އުފަން ރަށް ކަމަށްވާ ފޮނަދޫ އަށް ރައީސް ވަޑައިގެން، އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދީފައި އޮތީ ސަރުކާރު ހިންގާ މައިޕާޓީއަށް ކަމަށެވެ. އަދި މަޖޯރިޓީން ނިންމާ ނިންމުމަށް މައިނޯރިޓީން ޖެހޭނީ ތަބާވާން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ވެސް އޮތީމަ ދަންނަވާލަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަނިކުފާނުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ ކުޑަކޮށް ފަސްޖެހުމެއް ވެސް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމަކީ ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރުވެސްމެއެވެ. އެ ޖަލްސާގައި އޭނާ ވަނީ ރައީސް މުއިއްޒު ކުރައްވަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވަވާ ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ގައުމަށް ހިދުމަތް ކުރެއްވުމުގައި ހުންނެވި ޖޯޝާއި ލޯބި އަދި ފަންވަރު ފެނިގެންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހަށް ރައީސް ފޮނުއްވާ ކޮންމެ ބިލަކީ އެކަމުން ރައްޔިތުންނަށާއި ގައުމަށް ލާބައާ މަންފާ ހުރި ބިލެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ބިލެއް ފާސް ކުރުމަށްޓަކައި މަޖިލިސް ތެރެއިން އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމު ބަނގުރޫޓު ވެދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތިބީ ބަލަބަލާ ކަމަށެވެ. އެހެންނަމަވެސް އެހެން ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަޑުމަޑުން، ކަމަކަށް ފަހު ކަމަކަށް އިސްކަން ދެއްވަމުން ދެ އަހަރު ހަމަވާން ކުޑަދުވަސްކޮޅަކަށްވީއިރު، ތަރައްގީގެ މަޝްރޫއުތައް މިހާރު މެކުހަށް ޖަހާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ