އަލަށް އުފެއްދި މީޑިއާ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތު އައްޔަން ކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މީޑިއާ ކޮމިޝަނުގެ ހަތް މެންބަރުންނާއި ވެސް އިންޓަވިއުކޮށްފައިވެއެވެ. ނަމަވެސް ކޮމެޓީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގުވީ އެ ކޮމިޝަނުގެ ރައީސްކަމަށް ފަރުހަތު އައްޔަން ކުރުމަށެވެ.
ކޮމެޓީން އެހެން ނިންމި ނަމަވެސް މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ ބާރު އޮންނާނީ މަޖިލީހުގެ ތަޅުމަށެވެ.
މީޑިއާ ކޮމިޝަނުގައި މީޑިއާތަކުން އައްޔަން ކުރާ ހަތަރު މެންބަރުން ތިއްބަވައެވެ. އެ ހަތަރު ބޭފުޅުން އިންތިހާބު ވަނީ ކޮށްފައެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ