އދގެ ތާރީޚުގައި މިހާތަނަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަން އަންހެން ބޭފުޅަކު ކުރައްވާފައިނުވާކަން ފާހަގަކޮށް، އެ މަޤާމަށް އަންހެނަކު އިންތިޚާބުކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ކައުންސިލުން ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވާ މި ކައުންސިލުން، މިއަހަރުގެ އދ ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހު ނެރުނު ބަޔާނުގައި ވަނީ ކުރިއަށް އޮތް ސެކްރެޓަރީ ޖެނެރަލްގެ އިންތިޚާބަކީ އދގެ ލީޑަރޝިޕް ހަރުދަނާކުރުމަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އެގޮތުން އދގެ މެމްބަރު ހުރިހާ ޤައުމުތައް ހިމެނޭގޮތަށް ހާމަކަން ބޮޑު، ޑިމޮކްރެޓިކް އަދި ހުރިހާ ފަރާތްތައް ޝާމިލްވާ އިންތިޚާބީ ޕްރޮސެސްއެއް ގެންގުޅުމަށް ވެސް އެ ކައުންސިލުން ގޮވާލެއްވިއެވެ.
އދގެ ޢާއްމު މަޖިލީހުގެ ރައީސްކަން ބައެއް އަންހެން ބޭފުޅުން ކުރައްވާފައިވީނަމަވެސް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ވަޑައިގެންފައިނުވާތީ، އެކަމަކީ ބަދަލުކުރަން ޖެހޭކަމެއް ކަމަށް އދގެ އާއްމު މަޖިލީހުގައި ރިޔާސަތުގައި ޝާހިދު ހުންނެވި ދުވަސްވަރު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. އދގެ ސެކްރެޓަރީ ޖެނެރަލްކަމަށް ދެކުނު އެމެރިކާ ބައްރުން ދެން އަންނަ ދައުރެއްގައި ބޭފުޅަކު ވަޑައިގަންނަވާއިރު، އެބޭފުޅަކީ އަންހެން ބޭފުޅަކަށް ހެދުމަށް ޝާހިދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ