މީޑިއާތަކާއި ނޫސްވެރިންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ދީފައިވާ ލަފައާ ހިލާފަށް، މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ދަށުން އުފެއްދި މީޑިއާ ކޮމިޝަންގެ ރައީސްގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ފަރުޝަތު އައްޔަން ކުރަން ފާސްކުރީ 49 މެމްބަރުންގެ ވޯޓުންނެވެ. އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
މީޑިއާ ކޮމިޝަނުގައި މީޑިއާތަކުން އައްޔަން ކުރާ ހަތަރު މެންބަރުން ތިއްބަވައެވެ. އެ ހަތަރު މެންބަރުން އިންތިހާބަކުން ހޮވުމަށް ގާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް، ތަރުހީބު ކުޑަވުމުގެ ސަބަބުން އެ މަގާމަށް ކުރިމަތިލި ހަތަރު މީހަކު އިންތިހާބަކާ ނުލައި މަގާމު ވަނީ ލިބިފައެވެ.
އެ ހަތަރު މީހުންނަކީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ