މީޑިއާތަކާއި ނޫސްވެރިންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ދީފައިވާ ލަފައާ ހިލާފަށް، މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ދަށުން އުފެއްދި މީޑިއާ ކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމަށް ބްރޯޑްކާސްޓިން ދާއިރާ އިން އެ ކޮމިޝަނަށް އިންތިހާބުވެފައިވާ ޒަމްއަތު ވަހީދު ހަމަޖައްސައިފިއެވެ.
އެ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތެވެ. ނާއިބު ރައީސަކު ހޮވަނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.
ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ކޮމިޝަން ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތުގެ އިތުރުން އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލުކުރައްވާ، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ކުރީގެ ރައީސް ހުސެއިން ސަގީފެވެ.
އެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންނެވީ ހަތަރު ވޯޓުންނެވެ. ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ