ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭ މީޑިއާތަކާއި އެ މީޑިއާތަކަށް ދޭ މިންވަރު މިއަދު އާއްމުކޮށްފިއެވެ.

ޖުމްލަ 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ލިބިގެންދެއެވެ. މީގެތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެެ. އެއާއެކު އަސްވާޑުގެ ދަށުން ހިންގާ ދެ މީޑިއާ އަށް ޖުމްލަ 5.1 މިލިއަން ރުފިޔާ ލިބެއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މީޑިއާތަކާއި ފައިސާ ލިބޭ މިންވަރު:

- އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ

- ސަން އޮންލައިން: 1.3 މިލިއަން ރުފިޔާ

- ވީޓީވީ: 3 މިލިއަން ރުފިޔާ

- ވީ ނިއުސް: 1.1 މިލިއަން

- ވަން އޮންލައިން: 1.3 މިލިއަން ރުފިޔާ

- ވޮއިސް: 1.3 މިލިއަން ރުފިޔާ

- ދަ ޕްރެސް: 1.3 މިލިއަން ރުފިޔާ

- ދައުރު: 1.3 މިލިއަން ރުފިޔާ

- މިހާރު އޮންލައިން 1.2 މިލިއަން ރުފިޔާ

- އެޑިޝަން: 1.1 މިލިއަން ރުފިޔާ

- އަދަދު: 1.1 މިލިއަން ރުފިޔާ

- ތީރު މީޑިއާ: 1.1 މިލިއަން ރުފިޔާ

- ދިޔަރެސް ނިއުސް: 1.1 މިލިއަން ރުފިޔާ

- ގާފު އޮންލައިން: 1 މިލިއަން

- މަލްދީފް އޮންލައިން: 899،197 ރުފިޔާ

- ތިލަދުން: 1.2 މިލިއަން ރުފިޔާ