ބައްސާމަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިތުރު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ސާބިތުވެއްޖެއެވެ.
އޭނާގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ދައުވާ އަކީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި އޭނާ ހުރިއިރު އެތަނުގެ 10،000 ޑޮލަރަށް ހިޔާނާތްވެ އެ ފައިސާ ލޯންޑާކުރިކަމުގެ ދައުވާއެވެ.
ބައްސާމްގެ މައްޗަށް އެކުށް ސާބިތުވީ އެ ފައިސާ އަކީ އެފްއޭއެމް އަށް ދިން ފައިސާ ކަމަށްވީ ނަމަވެސް ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން އެފައިސާ ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ.
މީގެކުރިން ހަމަ އެ ފައިސާ އަށް ހިޔާނާތްތެރިވެފައި ވާތީ އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް އިއްވީ މިމަހުގެ 8ވަނަ ދުވަހުއެވެ. މިއަދު ސާބިތުވީ އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާއެވެ.
ދައުލަތުން އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އެފައިސާ މާރުކުރުމުގެ ބަދަލުގައި އޭނާގެ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކުރި ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ފައިސާއިން ބައްސާމްގެ އަމިއްލަ ހަރުދަތައް ކުރުމަށާއި އެހެން މީހުންނަށް ހަރަދު ކުރަން ބޭނުންކޮށްފައިވާކަން ސާބިތު ކޮށްދީފައިވާ ކަމަށް ބުނެފައެވެ.
ދައުލަތުން އެ މައްސަލާގައި އެދުނީ ބައްސާމަށް އެންމެ ބޮޑު އަދަބެއް އެ ކުށާއި ގުޅިގެން އިއްވުމަށެވެ. އެއީ 15 އަހަރު ދުވަހަށް ޖަލަށްލުމަށާއި 50،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު ބައްސާމްގެ ކުށުގެ ރިކޯޑު ނެތުމުން އޭނާގެ ފަރާތުން އެދުނީ އަދަބު ލުއި ކޮށްދިނުމަށެވެ. އެއަށްފަހު ގާޒީ ހުކުމް ކުރެއްވީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. އަދި އެ ފައިސާ ލޯންޑާކުރި އަދަދު ކަމަށްވާ 10،000 ޑޮލަރު (154،000 ރުފިޔާ) އިން ޖޫރިމަނާ ކުރުމަށެވެ.
މި މައްސަލައިގެ އިތުރުންވެސް ބައްސާމަށް އެހެން ދައުވާތަކެއް ކޮށްފައިވެއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ދަނީ ވަކިވަކިންނެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ