ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އަށް އަހަރުގެ ތިންވަނަ ކުއާޓަރުގައި 186 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން މިއަދު ބުނީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 8 ޕަސެންޓުގ އިތުރުވުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އަދި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ. ހަމަ އެއާއެކު އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެއް ކަމަށްވެސް އެސްޓީއޯ އިން ހާމަކުރެއެވެ.
ތިންވަނަ ކުއާޓާގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ރީކްލެސިފައި ކުރެވިފައިވާ ކަމަށާއި އެއާއިއެކު ޖުމްލަ ހިންގުމުގެ ހަރަދު 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 230 މިލިއަން ރުފިޔާ އވެ. ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ، އޭގެ ކުރީ ކުއާޓާރާއި އަޅާބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވެސް އެސްޓިއޯ އިން ހާމަކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ