ހއ. ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއާ ގުޅިގެން އެރަށުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް "ހާއްސަ ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފިއެވެ.
ރޭ ހޯރަފުށީގައި އެރަށު ކައުންސިލުން އިސް ނަގައިގެން ބޭއްވި "ހޯރަފުށި ދުވަސް" ފާހަގަކުރުމުގެ ޖަލްސާއަށް ސޯލިހް އިއްޔެ އެރަށަށް ވަނީ ވަޑައިގެންފައެވެ.
ރޭގެ ޖަލްސާގައި ރައީސް ސޯލިހަށް އެ އެވޯޑު ހަވާލުކޮށްދެއްވީ ހޯރަފުށި ކައުންސިލްގެ ރައީސެވެ. މި އެވޯޑު ސޯލިހަށް އަރުވާފައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ހޯރަފުއްޓަށް ގެނެސްދެއްވި ތަރައްގީއާ ގުޅިގެން ކަމަށް ހޯރަފުށި ކައުންސިލުން ބުނެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ހޯރަފުށީގައި އެއާޕޯޓެއް ތަރައްގީކުރިއިރު 11 މަގެއް ޒަމާނީ ފެންވަރަށް ވަނީ ތަރައްގީ ކޮށްފައެވެ.
މީގެއިތުރުން ހޯރަފުށީގައި އައިސް ޕްލާންޓަކާއި ޖުވެނައިލް ޖަސްޓިސް ބިލްޑިންގ އާއި ވޮލީ ކޯޓަކާއި ފުޓު ބޯޅަދަނޑެއްގެ އިތުރުން، ކޯޓުގެ އާ އިމާރާތަކާއި، ޕްރީ ސްކޫލަކާއި، 3 ޕާކު އަދި ފެރީ ޓާމިނަލެއް ވެސް އަޅައިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި