"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި 4،000 ފްލެޓުގެ ތެރެއިން އަލަށް މީހުން ދިރިއުޅެން ފެށި ފްލެޓުތަކަށް އިބޫ ވަޑައިގެން، އެ އާއިލާތަކާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ. މި ޒިޔާރަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ފެށި ބޮޑު މަޝްރޫޢުގެ ދަށުން ގެދޮރު ލިބުނު ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ގޮތުން މިއަދު ކުރެއްވި ޒިޔާރަތެކެވެ.
އިބޫ ވަޑައިގެންނެވީ ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް، އެތަނުގައި ހުރި އަމާން އުދަރެސް ފްލެޓަކަށެވެ. އެއީ 4،000 ފްލެޓުގެ ތެރެއިން "14" ވަނަ ޓަވަރެވެ. ފްލެޓުތައް ދޫކުރީ އެ ޓަވަރުން އެކަންޏެވެ. އެގޮތުން އެޓަވަރުން 60 ވަރަކަށް ފްލެޓް ދޫކޮށްފައިވެއެވެ.
އިބޫ ވަނީ އެ އާއިލާތަކާ އެކު ހަވީރު ސަޔަށް އިންސާފުކުރައްވައި، ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައިލައްވާފައެވެ. އަދި ފްލެޓްތަކުގައި ދިރިއުޅޭ ކުޑަކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައިވެއެވެ. މި ޒިޔާރަތުގެ ތެރެއިން އެމަނިކުފާނު ވަނީ ފްލެޓުތަކުގެ ދިރިއުޅުމުގެ މާހައުލު ބައްލަވައިލައްވާފައެވެ.
"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން 32 ޓަވަރުގައި 4،000 ފްލެޓް އިމާރާތް ކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ. މި ސްކީމަށް 20،697 މީހުން ކުރިމަތިލާފައިވާއިރު، ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މިހާރުގެ ސަރުކާރުން ބުނަމުން ގެންދަނީ ކުރީގެ ސަރުކާރުގެ ލިސްޓަށް ބަލައިގެން ފްލެޓްތައް ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތައް ޝަރުތު ހަމަނުވާކަމަށް ނިންމައި، އެ ފަރާތްތަކަށް ލިބުނު ފްލެޓްތައް ވަނީ އަނބުރާ އަތުލާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ 9،000 ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 13،000 ރުފިޔާ ދައްކަން ޖެހެއެވެ. މި ފްލެޓުތަކަށް މީހުން ވަނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކޮން ފޮންޔެއް ވާކަށް. ދުވަސްކޮޅަކުން މުއިއްޒު ދާނެ ހިޔާގެ ލިފްޓްތައް ހުޅުވަން.
ދާންދޫ