ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭ އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެފައިވާއިރު އެމީހުން މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ، ދެ ބިދޭސީންނާއި ހަތަރު ދިވެހިން ކަމަށެވެ.
އެ ތިން މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ކޯސްޓްގާޑުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ