އެމްޕީއެލް ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި އެކަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިބި ކަމަށެވެ. އަދި އެ އެންމެން ވެސް ފެނިފައިވާ ކަމަށް ބުންޏެވެ.
އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެފައިވާއިރު އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ، ދެ ބިދޭސީންނާއި ހަތަރު ދިވެހިން ކަމަށެވެ. މީގެތެރެއިން މަރުވީ ބިދޭސީއެއް ކަމަަށް ފުލުހުން ބުންޏެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ