މާލޭގެ ރައްޔިތުންނަށް ވެސް ރާއްޖޭގެ ރަށްރަށުން ބިން ލިބުން ބޭނުންތެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި މާލޭގެ ބިމުގެ ބަހުސް ހިނގަމުން އަންނަ ދަނޑިވަޅެއްގައި އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ، 1750ވަނަ އަހަރު މާލޭގެ ބޯހިމެނިނަމަ ފެނިގެން ދާނީ ކައިރި ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުން ކަމަށެވެ.
މިހާރު މާލޭގެ ކެލާގެއިން ފެށިގެން މާވެޔޮ އަތިރިއާ ހަމައަށް އެއީ ކެލާ އެދުރު ކަލޭގެފާނުގެ ގޯތި ކަމަށް ނަޝީދު ވިދާޅުވިއެވެ. އައްޑޫ ސިއްކަގެ އެއީ މިހާރުގެ ސިއްކަގެއިން ފެށިގެން މާލޭގެ އުތުރު އަތިރިއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްހެން ގެއެއް ހުންނާނެ ކަމަށެވެ. 1750ވަނަ އަހަރު ބޯހިމެނިނަމަ ގިނަވާނީ ބަބުރުންނާއި މަލަބާރު އަދި ތުރުކީ ފަދަ ސަރަހައްދީ ރަށްރަށުގެ މީހުން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅު ކަމަށް އަދިވެސް ފެނިވަޑައިގަންނަވަނީ ވެށިފަހި ޕްރޮގްރާމުގެ ދަށުން ކަމަށެވެ. އެ ޕްރޮގްރާމަކީ ނަޝީދުގެ ވެެރިކަމުގައި ފެށި ޕްރޮގްރާމެކެވެ.
މާލޭގެ ބިމުގެ ވާހަކަ އަނެއްކާވެސް ގަދަވެފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތައް އަތުލަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް