އަބަދުވެސް އިސް ކުރައްވަނީ ގައުމަށާއި ރައްޔިތުންނަށް ރަނގަޅު ކަންކަން ކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "ޕޮޕިއުލާ" ކަންކަން ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.
އެގޮތަށް ކަންކަން ކުރަން ބޭނުން ނަމަ ކުރީގެ ސަރުކާރުތަކުން ހެދި ގޮތަށް ފަސޭހަ ގޮތް އިހުތިޔާރު ކޮށްގެން ތިބެންވީ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވޭޕްވެސް މަނާ ކުރާނެ ކަމެއް ނެތް. ޖެނެރޭޝަން ބޭންވެސް ގެންނާނެ ކަމެއް ނެތް. މިހެންހުރި އެއްވެސް ކަމެއް ނުކުރަންވީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ގާތަށް އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އެހުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ކަންކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ