އައްޑޫ ސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅަން ވައުދުވެފައިވާ ބްރިޖުގެ ޑިޒައިން މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ދާދިފަހުން ވަކިވެ އަމިއްލަ ކައުންސިލެއް އުފެއްދުމަށް ނިންމާފައިވާ ހުޅުދޫ އަދި މީދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ ބްރިޖުގެ ޑިޒައިން މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށެވެ.
"އެހެންވީމަ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކުންފުނިން ހުށަހަޅާނެ ސަރުކާރަށް ޑިޒައިން ހުށަހެޅީމަށް ސަރުކާރުން ޑިޒައިނެއް ފައިނަލްކޮށް މަސައްކަތް ފަށާނެ. އަންނަ އަހަރުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ފެށުމަކީ އަމާޒެއް،" ރައީސް ވިދާޅުވިއެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ބްރިޖެވެ. މިހާތަނަށް ރާއްޖޭގައި އަޅާފައި ވަނީ އެންމެ ބްރިޖެކެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނަކީ ވެސް 1.3 ކިލޯ މީޓަރެވެ. ތިލަމާލެ ބްރިޖުގެ ދިގު މިނަކީ 6.7 ކިލޯ މީޓަރެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ