އަމިއްލަ ކުންފުނިތަކަކާއެކު 206 މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މިއީ އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަޝްރޫއުއެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ. މި މަޝްރޫއުތަކުގައި ސޮއިކޮށްފައި ވަނީ މިއަދު ބާސެލާ ނަސެންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި 206 މަޝްރޫއުއެއް ހިންގުމަށް ޖުމްލަ 53 ކުންފުންޏަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ޖުމްލަ 9 ދާއިރާއަކުންނެވެ.
މަޝްރޫއުތައް ހަވާލުކުރި ދާއިރާތަކާއި ހަވާލުކުރި މަޝްރޫއުތަކުގެ އަދަދުތައް:
- އެޑިއުކޭޝަން މިނިސްޓްރީ - 31 މަޝްރޫއު
- ހޯމްލޭންޑް އެންޑް ސެކިއުރިޓީ - 39 މަޝްރޫއު
- ހެލްތު މިނިސްޓްރީ - 30 މަޝްރޫއު
- އެންވަޔަރަމަންޓް މިނިސްޓްރީ - 24 މަޝްރޫއު
- ފިޝަރީޒް މިނިސްޓްރީ - 2 މަޝްރޫއު
- ސްޕޯޓްސް މިނިސްޓްރީ - 52 މަޝްރޫއު
- ހައުސިން މިނިސްޓްރީ - 13 މަޝްރޫއު
- އިސްލާމިކް މިނިސްޓްރީ - 14 މަޝްރޫއު
- ޔޫތު މިނިސްޓްރީ - 1 މަޝްރޫއު
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދު ވަރަށް ރަނގަޅު މިސްރާބަކަށް ޖެހިފައިވާކަމަށާއި އެ މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސޯދު ނަގައި ކޮޅަށް ޖަހައި، ސަރުކާރުގެ ތެރެއިން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެކުގައި ކަމަށެވެ.
އެ ކުންފުނިތަކާއި މަޝްރުއޫތައް ހަވާލުކުރައްވާފައިވަނީ، ތިން އަހަރު ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިގެން، ބޭންކުން ބޭނުންވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރައްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އަންނަ ދަތިތަކުގެ ލަސްކަމެއް، މިއަދު ސޮއިކުރެވުނު އެއްވެސް މަޝްރޫއުކަށް ކުރިމަތިނުވާނެކަމުގެ ޔަގީންކަންދެއްވައި، ކުންފުނިތަކުން މަސައްކަތްނިންމައި، ފައިސާ ހޯދުމަށް އެދުމުން ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެ ކުންފުނިތަކުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުންވެސް ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލެއްވުން ކުންފުނިތަކަށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ