ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރަން އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެއާޕޯޓް ހުޅުވުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ހަނިމާދޫ އެއާޕޯޓު މަޝްރޫޢަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާއި ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު މަޝްވަރާކުރެވުނީ ޝާހިދުގެ ފޮރިން މިނިސްޓަރުކަމުގައި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެ އެއާޕޯޓު ހުޅުވުމަކީ ރައީސް ސޯލިހްގެ ވެރިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫޢެއްގެ ފުރިހަމަވުން ކަމަށެވެ.
އެ މުހިންމު މަޝްރޫޢު ފެއްޓެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސޯލިހަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަޝްރޫއު އަށއ ބޮޑެތި ފާޑުކިޔުންތަކެއް ކީކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުއާއި އެބޭފުޅުންގެ އެކުވެރިން އިދިކޮޅުގައި ތިއްބެވިއިރު ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއު އަކީ އިންޑިއާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫއުއެއް ކަމަށް ސިފަކުރެއްވިކަމަށާއި، އެ މަޝްރޫއުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ އިންޑިޔާ ސިފައިން ކަމަށް ބުނެ ދޮގު ތުހުމަތު ކޮށް، ހައުމިއްޔަތާއި ގުޅުވައި ނުރައްކާތެރި ދޮގު ވާހަކަތައް ފެތުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދެވުނު ކޮންމެ މަޝްރޫޢަކީ އިންޑިޔާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސިޔާސީކުރެވުނު މަޝްރޫޢުއަކަށް މިއަދު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހެދިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރައްވައި، ރައީސް މުއިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި އޭރު މަލާމާތްކޮށްފައިވާ އެއަރޕޯޓް ރޭ ރަސްމީކޮށް ހުޅުއްވައިދެއްވީކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ