ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ 19 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އެތަނުން އެކަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި މަރުވީ ކ. ދިއްފުށި / ލައިޓްގާޑަން، އުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ